އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމާއެކު ދެ ގައުމުގެ އިގުތިސޯދު ވެސް ކުރިއަރައިގެންދާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. 

އިންޑިއާގެ ފެރީއާ ގުޅިގެން އެ ގައުމަށް ޝުކުރު އަދާ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓް، ރީޓްވީޓް ކުރައްވަމުން މޯދީ ވިދާޅުވީ ފެރީގެ ހިދުމަތް ފެށިގެން ދިޔުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. 

"ފެރީގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތަކާއި އިގުތިސޯދު ކުރިއަރައިގެން ދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް،" މޯދީ ވިދާޅުވިއެވެ. 

މޯދީ އިތުރަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ދެން ވެސް ދާނީ ބަދަހިވަމުން ކަމަށެވެ. 

ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކާގޯ ފެރީގެ ހިދުމަތާއެކު، ދިވެހިންގެ ދިރުއުޅުމަށް އިތުރު ބާއްޖަވެރިކަމެއް ލިބިގެންދާނޭ ކަމަށެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ކާބޯތަކެތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސް އެތެރެކުރާ އެއް ގައުމެވެ.

އިއްޔެ ހެނދުނު ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ބަނދަރުކުރި ފެރީއަކީ އިންޑިއާއިން މި މަހުގެ 22 ވަނަ ދުވަހު ފުރި ފެރީއެކެވެ.

ކުޅުދުއްފުއްޓަށް ބަނދަރުކުރި ފެރީއަކީ އެއްފަހަރާ 3000ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތި އާއި އެހެނިހެން މުދާ ހިމެނޭ ދެ ކޮންޓެއިނަރު ބާލާނެއެވެ. އެ މުދާ ބޭލުމަށް ހަމަޖެހިފައިވަނީ އެހެން އުޅަނދުތައް ބޭނުންކޮށްގެންނެވެ.

މި ފެރީގެ ރާއްޖޭގެ އެޖެންޓަކީ ދާދި ފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.