މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވައިފިއެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓާފައިވަނީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް ސިނާން އަލީއެވެ.

އޮންލައިންކޮށް ފަހިވޯޓު މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ހިއްސާދާރުން ވަނީ ތަމްސީލުކޮށްފައެވެ. އެގޮތުން ކުންފުނީގެ ރައުސްމާލުގެ 69 އިންސައްތައަށް ވާ އަދަދަށް ހިއްސާ ތަމްސީލުކުރެވިފައިވެއެވެ.

މިއަދު ބޭއްވި މި އާންމު ޖަލްސާފައިވަނީ ކުންފުންޏާގުޅޭ މުހިންމު ގިނަ ކަންތައްތަކެއް ނިންމާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅާ ފާސްކޮށްފައިވެއެވެ.

އަދި، 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކޮށް، 2019 ވަނަ އަހަރުގެ ހިއްސާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމާފައިވެއެވެ.

2019 ވަނަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 55.57 އިންސައްތަ އިތުރު އަދަދެކެވެ. ހިއްސާ ދާރުންނަށް ބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާއެވެ. މި ނިންމުން ފާސްވީ 95 އިންސައްތަ ވޯޓާއި އެކުއެވެ.

މީގެ އިތުރުންވެސް، 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި އަހަރީ އާންމު ޖަލްސާއިން ހޮވާފައިވަނީ ޕްރައިސް ވޯޓަރހައުސް ކޫޕާރސްއެވެ. މި ބޭފުޅުން އޮޑިޓް ކޮށްދޭން ނިންމާފައިވަނީ 323،820 ރުފިޔާއަށެވެ.

ކުރިޔަށްއޮތް އަހަރަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ މަގާމަށް 2 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ކުރިން އެމްޓީސީސީއިން އިއުލާންކުރި ނަމަވެސް، މިއަދުގެ ޖަލްސާފައި ސިނާން ވިދާޅުވީ އިތުރު ކަންތައްތަކަށް ބެލުމަށް ފަހު ވޯޓަށް އަހަންނިންމާފައިވަނީ އަލްފާޟިލް ނަޞްރަތު މުހައްމަދުގެ ނަމަށް އެކަނިކަމަށެވެ. ނަޞްރަތުގެ ނަން ފާސްވީ 86 އިންސައްތް ވޯޓާއިއެކުއެވެ.

މިއަދުގެ އަހަރީ އާންމު ޖަލްސާގައި އެމްޓީސީސީއިން ވަނީ މި އަހަރަށް އަންދާޒާ ކުރެވޭ ފައިދާވެސް ހާމަކޮށްފައެވެ. އެގޮތުން ޓެކުހުގެ ކުރިން ލިބޭ އާމްދަނީ 168 މިލިއަނަށް އަރާނޭކަމަށް އަންދާޒާކުރެވޭކަމަށް ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *