އުރީދޫ މޯލްޑިވްސްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޑިޖިޓަލް ކިއޮސްކެއް ބަހައްޓައިފިއެވެ. 

މި ކިއޮސްކާއެކު ރާއްޖެ އަންނަ ފަތުރުވެރިންނަށް ކޮންޓެކްޓްލެސްކޮށް ސިމް ކާޑު ރަޖިސްޓްރީކޮށް ދޫކުރުމުގެ ހިދުމަތް 24 ގަޑައިރު ދެވެނޭ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މިއީ މިހާރު މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮވިޑް 19 އާ ގުޅިގެން ހިދުމަތް ދިނުމަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އުރީދޫއިން ބުނެއެވެ. އަދި އަވަސް ރައްކާތެރި ހިދުމަތް މި ކިއޮސްކާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. 

މި ކިއޮސްކް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމްއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެމްޑީ ތޮއްޔިބު މުހައްމަދާއި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ ގޯޑަން އެންޑްރޫގެ އިތުރުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗެއަރމަންވެސް ބައިވެރިވެވަޑައިގަތެވެ. 

މި ކިއޮސްކް މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމާއި، ރީޗާޖް ކުރުމުގެ ހިދުމަތުގެ އިތުރުން އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *