ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ދުވަހުގެ ތަހުނިޔާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް އަރިސްކޮށްފިއެވެ.

މި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ދެމެހެއްޓެނިވި ސިނާއަތަކަށް ހެދީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒިފުންނާއި ކުންފުނިތަކުން ކުރި މަސައްކަތުން ކަމަށެވެ. އަދި، ކޮވިޑްގެ މިހާލަތުން ދިވެހިރާއްޖެ އަރައިގަތުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ދިވެހިރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންނަށްވެސް ރައީސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮންމެ އަހަރެއްގެވެސް 28 ސެޕްޓެމްބަރުގައި ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ޓޫރިޒަމް - ރަށްފުށު ކުރިއެރުމާއި ތަރައްގީ" މިއެވެ. ގެސްޓްހައުސް ވިޔަފާރި ތައާރަފްވުމާއެކު ދިވެހިރާއްޖޭގެ ރައްޔިތުންގެވެސް ފުދުންތެރިކަން އިތުރުވެ ރަށްތައް ތަރައްގީވުމަށް ވަނީ އިތުރު ދޮރުތައް ހުޅުވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.