ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ކޮވިޑްގައި އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 82 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައި ވާ ކަމަށެވެ. އަދި އޭނާ މަރުވީ މިއަދު މެންދުނު 2:46 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިއީ މި ބަލީގައި މަރުވި 82 ވަނަ މީހާ ކަމަށެވެ. އެޗްޕީއޭއިން މިހެން ބުނެފައި ވާއިރު، ފާއިތުވި 48 ގަދިއިރު ތެރޭ އެކަނި ވެސް ކޮވިޑުގައި 8 މީހަކު ވަނީ މަރުވެފައެވެ. އެއީ މިއަދު މަރުވި 3 މީހަކާއި އިއްޔެ މަރުވި 5 މީހެކެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ނިމުނު 24 ގަޑިއުރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ކޭސްތައް ގޮތުގައި 703 ކޭސްއެއް ރިޕޯޓްކޮށްފައިވެ އެވެ. މިއީ ރިކޯޑް ކޭސްތައް ރިޕޯޓްކުރާތާ ޖެހިޖެހިގެން ހަތަރު ވަނަ ދުވަސް އެވެ. އެގޮތުން ބުދަ ދުވަހު 734 ކޭސް ރިޕޯޓު ކުރެވިފައިވާއިރު، އަންގާރަ ދުވަހު ބައްޔަށް 601 މިހާކު ޕޮޒިޓްވެފައިވެއެވެ. ހޯމަ ދުވަހު 585 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.