ރާއްޖޭގައި ހިންގި ޔޫސީމާސްގެ ޓިއުޝަން ކްލާހެއް --ފައިލް ފޮޓޯ: ޔޫސީމާސް

ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް އަދި ޑޭ ކެއާ ސެންޓަރުތައް ވެސް ބަންދު ކުރަން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ޓިއުޝަން ސެންޓަރުތަކާއި، ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކުގައި ކިޔަވައި ދިނުން ހުއްޓާލުމާއި، ޑޭ ކެއާ ސެންޓަރުތަކުން ދެމުން ދާ ހިދުމަތްތައް މިއަދު ފެށިގެން މެދުކަނޑާލުމަށް އަންގާފައެވެ.

ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން މިދާ ދަނޑިވަޅުގައި އޮފީސްތަކުގެ މަސައްކަތް ވެސް ވަނީ އޮންލައިން ކުރަން އަންގާފައެވެ. އަދި ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ އޮންލައިން ކުރަން އަންގާފައެވެ. ހަމައެއާއެކު ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް މެދު ކަނޑާލުމަށް އެޗްޕީއޭއިން އަންގާފައި ވެއެވެ.

މާލޭގައި ރިކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން ދާއިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ވެސް ބަލި ފެތުރެމުން ދާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން،  އައްޑު، ފުވައްމުލަކުގެ އިތުރުން މާލެ ސަރަހައްދާއި، އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު އިއުލާން ކޮށްފައެވެ. އެގޮތުން  ޅ. ނައިފަރާއި، ކ. މާފުއްޓާއި. އއ. މަތިވެރިއާއި، އއ. އުކުޅަހުގެ އިތުރުން ބ. އޭދަފުށީގައި  ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.