ވިލާ ކޮލެޖުގެ ގްރެޖުއޭޝަންގެ ތެރެއިން - ފޮޓޯ: މިހާރު

ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އެޗްޕީއޭއިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން، މިއަދުން ފެށިގެން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާ ކަމަށެވެ. އަދި މި ފިޔަވަޅު އަޅާފައި ވަނީ މާލެ ސަރަހައްދުގެ (މާލެ، ހުޅުމާލެ އަދި ވިލިމާލޭ) ގައި ހިންގާ ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ވަނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ވެސް ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.

ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން މިދާ ދަނޑިވަޅުގައި އޮފީސްތަކުގެ މަސައްކަތް ވެސް ވަނީ އޮންލައިން ކުރަން އަންގާފައެވެ. އަދި ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ އޮންލައިން ކުރަން އަންގާފައެވެ.

މާލޭގައި ރިކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން ދާއިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ވެސް ބަލި ފެތުރެމުން ދާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން،  އައްޑު، ފުވައްމުލަކުގެ އިތުރުން މާލެ ސަރަހައްދާއި، އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު އިއުލާން ކޮށްފައެވެ. އެގޮތުން  ޅ. ނައިފަރާއި، ކ. މާފުއްޓާއި. އއ. މަތިވެރިއާއި، އއ. އުކުޅަހުގެ އިތުރުން ބ. އޭދަފުށީގައި  ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.