ގާނޫނީ މައުލޫމާތުތަކަށް ހާއްސަކޮށްގެން ވެބްސައިޓެއް ލޯންޗްކޮށްފިއެވެ.

ޖަސްޓިސް އިނީޝިއޭޓިވް މޯލްޑިވްސް އިން ލޯންޗްކުރި "ޖަސްޓިސް އިނީޝިއޭޓިވް.ލީގަލް" އަކީ ހުރިހާ ގާނޫނުތަކާއި، އެ ގާނޫނުތަކަށް ގެނެވޭ އިސްލާހުތައް އެއް ޕްލެޓްފޯމަކުން ފެންނާނޭ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ވެބްސައިޓެކެވެ. މިއީ، މިފަދަ ގޮތަކަށް ލޯންޗްކުރާ ފުރަތަމަ ވެބްސައިޓެވެ. މި ވެބްސައިޓަކީ ހިލޭ ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ވެބްސައިޓެކެވެ.

ޖަސްޓިސް އިނީޝިއޭޓިވްގެ މި ވެބްސައިޓުގައި ގާނޫނީ ބައެއް ލިޔުންތައްވެސް ޝާއިއުކުރެވެއެވެ. އަދި ހުރިހާ ކޯޓުތަކަށް ހުށަހަޅާ ފޯމްތައް އެއް ތަނަކުން ލިބޭނޭގޮތަށް ހަދާފައިވެއެވެ.

ޖަސްޓިސް އިނީޝިއޭޓިވް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ވެބްސައިޓާއެކު އެންމެ ފަހުގެ ގާނޫނީ ލިޔެކިޔުންތައް އެއް ތަނަކުން ހޯދުމަށް ދިމާވަމުންދިޔަ ދަތިތައް ހައްލުކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *