ފުވައްމުލަކު ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެމްޓީސީސީ

ފުވައްމުލައް ސިޓީއާއި އައްޑު ސިޓީގައި ކާފިއު އިއުލާން ކޮށްފިއެވެ.

ފުވައްމުލައް ސިޓީއާއި އައްޑޫގައި ކާފިއު އިއުލާންކޮށްފައި ވަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށެވެ. މި ފިޔަވަޅު އަޅާފައިވަނީ ކޮވިޑުން ރައްކާތެރިވުމުގެގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އެގޮތުން، މިރެއިން ފެށިގެން މި ފިޔަވަޅު ތަންފީޒު ކުރަން އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އައްޑޫ އަދި ފުވައްމުލައް ސިޓީގައި ކާފިއު ހިންގުމުގެ އިތުރުންވެސް ބައެއް ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައެވެ.

އަޅަން ނިންމާފައިވާ ފިޔަވަޅުތައް:

  • ޕާޓިތަކާއި ހަފްލަތަފުވައް އަދި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން،
  • އައްޑޫގައި އެއް ރަށުން އަނެއް ރަށަށް ޒިޔާރަތް ކުރުން ހުއްޓާލުން،
  • ފުވައްމުލަކުގައި އެއް އަވަށުން އަނެއް އަވަށަށް ޒިޔާރަތް ކުރުން ހުއްޓާލުން،
  • އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުން،
  • ސެލޫންތަކާއި، ޖިމްތައް އަދި ބޯކޮށާތަންތަން ބަންދު ކުރުން،
  • ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތު ހަރަކާތްތައް ހިްނގުން ހުއްޓާލުން،
  • ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޓެކްސީ ހިދުމަތް ދިނުން،
  • ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން ހުއްޓާލުން، (ޑެލިވެރީ ކުރެވޭނެ)
  • އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ފިހާރަތަކުން ހިދުމަތް ދިނުން، އަދި
  • ޔުނިވާސިޓީ، ކޮލެޖުތަކަށް ދަރިވަރުން ހާޒިރުގެން ކްލާސްތައް ނަގައި ދިނުން ހުއްޓާލުން މިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑު، ފުވައްމުލަކުގެ އިތުރުން މާލެ ސަރަހައްދާއި، އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު އިއުލާން ކޮށްފައެވެ. އެގޮތުން  ޅ. ނައިފަރާއި، ކ. މާފުއްޓާއި. އއ. މަތިވެރިއާއި، އއ. އުކުޅަހުގެ އިތުރުން ބ. އޭދަފުށީގައި  ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.