ނޯތު ހާބަރުގައި އޮތް ބޯޓަކަށް މުދާ އަރުވަނީ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ކޮވިޑްގެ ކަރަންޓީން މުއްދަތު 14 ދުވަހަށް އިތުރުކޮށްފި އެވެ.

ދަތުރުފަތުރާ ގުޅިގެން މިހާރު ކަރަންޓީނުކުރަމުން އަންނަނީ 10 ދުވަހަށެވެ. އަދި މިހާރުގެ އުސޫލުން 14 ދުވަހުގެ ކަރަންޓީނެއް ވާންޖެހޭނީ ހަމައެކަނި އިންޑިއާއިން ރާއްޖެ އަންނަ ފަރާތްތަކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަރަންޓީން މުއްދަތު ބަދަލުކޮށް ކުރި އިއުލާންގައިވަނި މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭނެ ކަމަށެވެ. އަދި ފިޔަވަޅު ތަންފީޒްކޮށް އެ ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށް އަންގާކަމަށް ބުނެފައިވެއެވެ.

އެންގުމުގައިވާގޮތުން އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން ޖެހޭނެ އެވެ.

ކަރަންޓީން މުއްދަތަށް ބަދަލުތަކެއް ގެނެސްފައިމިވަނީ ރާއްޖެ ސަރަހައްދުން ފެންނަ ކާސްތައް އިންތިހާއަށް އިތުރުވެފައިވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.