ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ފުރިހަމަކުރައްވަން ޖެހިވަޑައިގެންނެވި ސާޖަރީތައް ނިމިފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ހާމަކޮށްފިއެވެ.

އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވަނީ މިހާރު ސާޖަރީތައް ނިމިފައިވާ ކަމަށާއި އަދި ދެން އޮތީ ރިކަވަރީ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި އެމަނިކުފާނުގެ ކޮއްކޯފުޅުގެ ޓްވީޓަށް ރިޕްލައި ކުރަމުންނެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ތަފްސީލްތައް މިހާތަނަށް ހާމަކޮށްފައިނުވާއިރު އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގެ މަލްޓި ޑިސިޕްލިނަރީ ޑޮކްޓަރުންގެ ޓީމަކުންނެވެ.

ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި ހަމަލާގައި އެމަނިކުފާނުގެ ހަށިގަނޑުގެ އެކި ސަރަހައްދުތަކަށް އެކިއެކި އަނިޔާތައް ލިބިފައިވެއެވެ. އެގޮތުން މިހާތަނަށް ދެ އޮޕަރޭޝަނެއްކޮށްފައިވެއެވެ. އަދި ކަންފަތުގެ ތޫރި ފަޅައިގެން ގޮސްފައިވާ ކަމަށާއި، ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ ގޮހޮރަށްވެސް އަސަރުކޮށްފައިވާކަމަށް ވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު އެ ހަމަލާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރެއްވި ސިފައިންގެ ދެ މީހަކަށާއި، ފަތުރުވެރިއަކަށް އަދި އާންމު ރައްޔިތަކަށް އަނިޔާތަކެއް ލިބި ފަރުވާދީފައިވެއެވެ. ރައީސް ނަޝީދު ފިޔަވައިި، އަނިޔާތަކުގައި ފަރުވާދެވުނު އެންމެން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.