ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާގެ ތަހުގީގާއި އިނގިރޭސި 2 އެކްސްޕާޓުން ގުޅިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހަމަލާއާ ގުޅިގެން މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން އަންނާނެ ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ، މިހާތަނަށް ތަހުގީގުގައި ބައިނަލްއަގުވާމީ ފަރާތަކަށް އެހީތެރިވަމުން އަންނަނީ ރާއްޖޭގައި ތިބި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ 2 އޮފިސަރުން ކަމަށެވެ.

މި ތަހުގީގުގައި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް (އޭއެފްޕީ) ގެ އިންވެސްޓިގޭޓަރުންގެ ޓީމެއް ބައިވެރިވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިއުލާންކުރައްވާފައިވާއިރު، މި ތަހުގީގު ޓީމު މާދަމާ ރާއްޖެ އަންނާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސީޕީ ވިދާޅުވީ، މި ތަހުގީގުގައި އޭއެފްޕީގެ ކައުންޓަރ ޓެރެރިޒަމް އިންވެސްޓިގޭޝަންގެ ސީނިއަރ އިވެންޓެސްޓިގޭޓަރަކާއި، އޭއެފްޕީގެ ރާއްޖެ އާއި ސްރީލަންކާ ކަވަރ ކުރާ ލިއޭޒަން އޮފިސަރެއް ބައިވެރިވާއިރު، އިނގިރޭސިވިލާތު މެޓްރޯ ޕޮލިސްގެ ފަރާތްތަކާވެސް މިކަމާ ގުޅިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.