ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފަރާތުން އަނެއްކާވެސް ސިއްހީ އާލާތްތައް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކުރީ މިކަމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ. ރާއްޖޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވީ ވަގުތީގޮތުން މިނިސްޓްރީ އޮފް ހެލްތު ހިންގުމާ ހަވާލުވެވަޑައިގެން ހުންނަވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމްއެވެ.

އިއްޔެ ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕޯޓަބަލް ޑިޖިޓަލް އެކްސްރޭ އަދި ލެބޯޓްރީ އާލާތްތަކާ ޓެސްޓްކިޓުތަކެވެ. މިތަކެތީގެ ސީދާ އަދަދެއް މިނިސްޓްރީއިން ހާމަކޮށްފައި ނުވިނަމަވެސް، މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައިހުރި އައިސީޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީވެގެންދާނޭ ކަމަށް ބެލެވެއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ކުރިންވެސް ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޕީސީއާރު ޓެސްޓްކިޓުތަކާއި 15،000 އަށްވުރެ ގިނަ ޖީން އެކްސްޕާޓް ކާޓްރިޖް ހަދިޔާކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.