ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ރެއާލްއަށް ޖަހައިދިނީ ފެޑެރީކޯ ވަލްވަރޑޭއެވެ. މެޗުގެ 35 ވަނަ މިނެޓުގައި މެންޑީ ޖެހި ލަނޑަކުން ބެޓިސް އެއްވަރުކުރިއިރު އޭގެ ދެ މިނެޓު ފަހުން އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވިލިއަމް ކަވާލިއޯއެވެ. 

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބެޓިސްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް އެމަރސަން އަތުން ބައިކޮޅަށް ވަން ލަނޑަކުން ރެއާލްއިން އެއްވަރުކުރިއެވެ. މެޗުން މޮޅުވުމަށް ބެޓިސްއިން ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސް އެޅިގެންދިޔައީ މެޗުގެ 67 ވަނަ މިނެޓުގައި އެމަރސަންއަށް ރަތް ކާޑު ދެއްކުމުންނެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ބެޓިސް އަތުން ރެއާލް މޮޅުވީ 82 ވަނަ މިނެޓުގައި ސާޖިއޯ ރާމޯސް ޖެހި ޕެނަލްޓީއަކުންނެވެ. 

ލަލީގާގައި ހުއެސްކާ އަދި ވެލެންސިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ރެއާލް ސޮސިއެޑާޑުން ވަނީ 3-0 އިން އެލްޗޭ ބަލިކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.