ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މ.ބަނަފްސާވިލާ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ މިއަދު ހަމަޖައްސަވައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި ރިޒުނާއާ ބެހޭ އިތުރު މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އާއިޝަތު ރިޒުނާ ހަމަޖެހިގެން ދިއުމާއެކު އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ޑރ.އަބްދުﷲ ނަޒީރަށް މަގާމު ގެއްލުނީއެވެ. ޑރ.ނަޒީރު އެ މަގާމަށް އައްޔަން ކުރެވުނީ 28 ނޮވެމްބަރު 2018 ގައެވެ. އެހެންނަމަވެސް، ގާނޫނަށް ގެނެވުނު ބަދަލަކާއެކު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް ހޮވުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަމުންގެންދިޔައީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. ޑރ.ނަޒީރު މަގާމަށް އައްޔަން ކުރީވެސް މި އުސޫލުގެ ދަށުން، އޭރު އޮތް ސުޕްރީމް ކޯޓުންނެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ބަދަލު ގެނެސް، ޑިޖޭއޭ ހިންގުން ޖޭއެސްސީ ގެ ދަށަށް ބަދަލުކޮށްފައެވެ. މިއާއެކު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމާއި ވަކި ކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންދިއައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ފަސް އަހަރުގެ މުއްދަތަކަށް ހޮވާ މީހެކެވެ. މުސާރައަކީ މަހަކު 47،500 ރުފިޔާ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *