ހދ. ކުޅުދުއްފުށްޓާއި ކޮޗިންއާއި ދެމެދު ފެށިގެންދިޔަ ކާރގޯ ފެރީގެ ސަބަބުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި މޭރުމުން ޓްވީޓް ކުރައްވާ ވިދާޅުވީ، ކާގޯ ފެރީ ކުޅުދުއްފުށިން މާލެއަށް މިސްރާބު ޖަހާފައިވާއިރު، މި ފަދަ ފެރީގެ ހިދުމަތެއް ގާއިމް ކޮށްދެއްވުމަށް ފޯރުކޮށްދިން އެހީއަށްޓަކައި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދުރާ މޯދީ އަދި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވީ ފެށިގެން މިދާ ކާގޯ ފެރީގެ ހިދުމަތާއެކު، ދިވެހިންގެ ދިރުއުޅުމަށް އިތުރު ބާއްޖަވެރިކަމެއް ލިބިގެންދާނޭ ކަމަށެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ކާބޯތަކެތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސް އެތެރެކުރާ އެއް ގައުމެވެ. 

އިއްޔެ ހެނދުނު ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ބަނދަރުކުރި ފެރީއަކީ އިންޑިއާއިން މި މަހުގެ 22 ވަނަ ދުވަހު ފުރި ފެރީއެކެވެ.

ކުޅުދުއްފުއްޓަށް ބަނދަރުކުރި ފެރީއަކީ އެއްފަހަރާ 3000ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތި އާއި އެހެނިހެން މުދާ ހިމެނޭ ދެ ކޮންޓެއިނަރު ބާލާނެއެވެ. އެ މުދާ ބޭލުމަށް ހަމަޖެހިފައިވަނީ އެހެން އުޅަނދުތައް ބޭނުންކޮށްގެންނެވެ.

މި ފެރީގެ ރާއްޖޭގެ އެޖެންޓަކީ ދާދި ފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.