އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިއިރު ޗެލްސީ ކުޅުނު މެޗުން އެޓީމު އެއްވަރުވެއްޖެއެވެ. 

ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރައިޓަންއަށް ލީޑު ނަގައިދިނީ ނީލް މައުޕޭއެވެ. ފުރަތަމަ ހާފުގައި ބްރައިޓަންއިން ފޮނުވާލި ގިނަ ހަމަލާތައް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު 43 ވަނަ މިނެޓުގައި ލުއިސް ޑަންކް އަތުން ބައިކޮޅަށް ވަން ލަނޑަކުން ޔުނައިޓެޑް އެއްވަރުކުރިއެވެ. 

ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ލީޑު ނެގިއެވެ. މި ލަނޑު 55 ވަނަ މިނެޓުގައި ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ. ބްރައިޓަންއިން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި ސޮލީ މާޗް ޖަހައިދިން ލަނޑަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކަށިގަނޑު ގޮއްވާލާފައި ވަނިކޮށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އިން ޔުނައިޓެޑަށް ޕެނަލްޓީއެއް ވަނީ ދީފައެވެ. ބްރޫނޯ ފަނާންޑޭޒް ވަނީ މި ޕެނަލްޓީ ޖަހައި އެޓީމު މެޗުން މޮޅުކޮށްދީފައެވެ. 

ޗެލްސީއާ ވެސްޓް ބްރޮމް ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ބްރޮމްއިން ތިން ލަނޑު ޖެހިއިރު މި ލަނޑުތައް އެޓީމަށް ޖަހައިދިނީ ކެލަމް ރޮބިންސަން އަދި ކައިލް ބާޓްލީއެވެ. ދެވަނަ ހާފުގައި ކުޅެން ނުކުމެ ޗެލްސީއިން ތިން ލަނޑު ޖަހައި އެއްވަރުކުރިއިރު މި ލަނޑުތައް އެޓީމަށް ޖަހައިދިނީ މޭސަން މައުންޓް، ހަޑްސަން އޮޑޮއި އަދި ޓެމީ އަބްރަހަމްއެވެ. 

އެވަޓަންއިން ވަނީ 2-1 އިން ކްރިސްޓަލް ޕެލަަސް ބަލިކޮށްފައެވެ. އަދި ސައުތުހެމްޕްޓަންއިން ވަނީ 1-0 އިން ބާންލީ ބަލިކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *