ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މުހިންމު އެއް އެޖެންޑާއަކީ ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. 

ހަރުކަށި ފިކުރާއި، ހައްދުފަހަނައަޅައިދިޔުމާ ގުޅޭގޮތުން މީޑިޔާ ހޭލުންތެރިކޮށް، ބާރުވެރިކުރުމަށް ހޯމް މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ ވެބިނަރގައި ދެއްވި ކީނޯޓް ސްޕީޗްގައި އަލީ ނަޒީރު ވިދާޅުވީ ވޭތުވެދިޔަ މާޒީގައި ކަން ހިނގާފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް މިކަމަށް ހައްލު ހޯދުމަށް ހާއްސަ ސިޔާސަތުތަކެއް ހިމަނާފައިވާ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ. 

ހަރުކަށި ފިކުރަކީ ކޮންމެ ގޭބިސީއަކާ ހަމަޔަށް ފޯރާފައިވާ ކަންބޮޑުވުމެއްގެ އިތުރުން ނުރައްކަލެއް ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ. ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ދިވެހި މީޑިއާކަމުގައި ވިދާޅުވެ އަލީ ނަޒީރު ވަނީ މި މަސައްކަތުގައި މީޑިއާގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. 

މި ރަސްމިއްޔާތުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަަކަރިއްޔާ މަންސޫރު ވެސް ވަނީ ކީނޯޓް ސްޕީޗެއް ދެއްވާފައެވެ. 

މި ވެބިނަރއަކީ އެންސީއައިޓީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހޯމް މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ ވެބިނަރއެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.