މިފްކޯގެ "ކަނޑުއޮތްގިރީ ފިޝްވިލެޖް" އިން އާއްމުންނަށް ދެމުންދިޔަ މަސް ބަންދުކޮށްދިނުމުގެ ހިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ. 

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބޮޑު ކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައް ވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރުކުރުމާއި އެކްސްޕޯޓްކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި އެކުންފުނިން ދޭ ހިދުމަތެކެވެ. 

ހަމައެހެންމެ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް އިތުރުވެގެންދިޔުމާއެކު ރާއްޖެއަށް އެތެރެވާ ބޭރުފައިސާގެ މިންވަރު އިތުރުވެގެންދިޔުމުގެ މަގު މި ހިދުމަތާއެކު ތަނަވަސްވެގެންދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. 

މިފްކޯއިން ވަނީ ކަނޑުއޮތްގިރީގައި ބޮޑުކަންނެއްޔާއި ފަރުމަހުގެ ބާވަތްތައް ބަންދުކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުއްވުމަށް އެދިފައެވެ. އެކުންފުނިން ވަނީ ކަނޑުއޮތްގިރީގައި ވަސީލަތްތައް ހުރި މިންވަރަކުން ހުށަހަޅާ ފަރާތްތަކަށް ފުރުސަތު އެރުވޭނެ ކަމަށް ބުނެފައެވެ. މި ކަމަށް އެދުމަށް ބޭނުންވާ ފޯމް މިފްކޯގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.