6 މެއި 2021 - ރައީސް މުހައްމަދު ނަޝީދުގެ ސިއްހީ ހާލުކޮޅު ބެއްލެވުމަށްފަހު ރައީސް ސޯލިހް އޭޑީކޭ ހޮސްޕިޓަލުން ނިކުންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު ހިންގުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިރޭ ގައުމާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ މިހަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއި ބާރުން އެކަން ތަހުޤީޤްކުރަމުން އަންނަކަމަށެވެ. އަދި މިހަމަލާގެ ފުރިހަމަަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމުގެ ބައެއް ތަފްސީލްތައް ހިއްސާކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ތަހުގީގަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ތަހުޤީޤީ މާހިރުން ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަހުޤީޤީ އިދާރާތަކާއެކު މަސައްކަތް ކުރާނެކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މިހަމަލާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމާ މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އަންގާފައިވާނެކަމަށެވެ.

ރައީސް ސޯލިހް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިހަމާލާގައި އެކިވަރުގެ ޒަޚަމްތައް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަަމަށެވެ. އަދި މި ހަމަލާގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް ގެންދެވި ފަރުވާދޭން ފެށުނުކަން ރައީސް ސޯލިހް ފާހަގަކުރެއްވިި އެވެ.

ޑޮކްޓަރުން އެންމެފަހުން ހިއްސާކުރި މައުލޫމާތުގެ މައްޗަށް ރައީސް ސޯލިހް ވިދާޅުވީ ޒަހަމްތަކަށް ފަރުވާދިނުމަށްޓައި ބައެއް އޮޕަރޭޝަންތައް ކުރިއަށްގެންދަމުން އަނަނކަމަށެވެ. ރައީސް ވަނީ މިހަމާލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި ހަމަލާގައި ޒަަހަމްވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.