އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ ސިޓީ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިއްޖެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ކޯވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީން، އަންނަ އޮކްޓޫބަރު މަހުގެ 4 އިން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 4 އަކާއި 5 އެއްގެ (ގްރޭޑް 9-12އަށް) ދަރިވަރުންގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. 

މާލޭ ސިޓީގެ ސްކޫލްތައް ކޮވިޑް ފެނުމާއެކު ބަންދުކުރިއެވެ. އޭގެ ފަހުން ކޮވިޑްގެ ހާލަތު ކޮންމެ ވެސް ވަރަކަށް ރަނގަޅުވުމުން ފިޔަވަޅުތަކާއެކު މަތީ ގްރޭޑްތަކަށް ކިޔެވުން ފެށިއެވެ. ނަމަވެސް އަނެއްކާވެސް ހާލަތު ގޯސްވާން ފެށުމުން ސްކޫލްތައް ބަންދުކުރީއެވެ. 

ރަށްރަށުގައި ސްކޫލްތަކުގައި ކިޔެވުން އޮވެއެވެ. ނަމަވެސް އޮންލައިންކޮށް ވެސް ކިޔަވައިދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *