ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އަވަސް ތަހުގީގެއް ހިންގުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ  ރައީސް ނަޝީދުގެ ގެކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ކާރުކޮޅުކައިރިން އެއްޗެއްގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ޚަބަރު އެކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާންކަމާއި އަސަރާ އެކުގައި ކަމަށެވެ.

"އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއެއް ދެއްވުންއެދި މާތް ﷲ ސުބަހާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާކުރަން"

ރައީސް ނަޝީދުގެ ގެކޮޅުކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ހަަމައެއާއި އެކު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ ކޯލިޝަަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓްއަރިން ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިމިވާ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބަޔާނުގައި ވެއެވެ.

އަދި އެ އަމަލު ރާވާ ހިންގުމުގައި ބައިވެރރިވެފައިވާ ހުރިހާ ފަރާތްތައް ހޯދައި ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އިދިކޮޅު ކޯލިޝަނުންވަނީ ގޮވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.