ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާ ރާއްޖޭގައި ހުޅުވައިފި އެވެ. މި ވޯޓާ ވިލާ ހުޅުވާފައި ވަނީ ސޮނެވާފުށި ރިސޯޓުގައެވެ. 

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސޮނެވާގައި އިއްޔެ ހުޅުވި ވޯޓާ ވިލާއެއްގެ އެއް ކޮޓަރީގައި 6286 އަކަފޫޓު ހުރެ އެވެ. އަދި ދެ ކޮޓަރީގެ ތަންތަނުގައި 9224 އަކަފޫޓު ހުރެ އެވެ. ސީއެންއެން އިން ބުނީ މިތަންތަން މިހާރު ބުކިންއަށް ތައްޔާރަށް ހުރި ކަމަށެވެ.

އެގޮތުން އެއް ކޮޓަރީގެ ވިލާއެއްގެ އަގަކީ ރެއަކަށް 2626 ޑޮލަރެވެ. އަދި ދެ ކޮޓަރީގެ ވޯޓާ ވިލާއެއްގެ އަގަކީ ރެއަކަށް 5232 ޑޮލަރެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ރިސޯޓުތައް ބަންދު ކުރުމަށް ފަހު ޖުލައި މަހު ވަނީ ބައެއް ރިސޯޓުތައް އަލުން ހުޅުވައިފަ އެވެ. އެގޮތުން ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުން ދާއިރު ރާއްޖޭގައި މިހާރު ހިންގަމުން އަންނަނީ 60 އެއްހާ ރިސޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.