ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަރޝިޕް ފޯމްތައް ޕްރޮސެސް ކުރުމަށްފަހު ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަދާހަމަކޮށްފައިވާ ތަފްސީލް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. 

އީސީއިން އާންމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު މިފަހަރު ވެސް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކަށް ވެފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެެ ޕާޓީގައި 52952 މެމްބަރުން ތިބިއިރު ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައެވެ. އެ ޕަޓީގެ ދަފްތަރުގައި 37144 މީހުން އެބަތިއްބެވެ. 

ޖުމްހޫރީ ޕާޓީގައި 13825 މެމްބަރުން ތިބިއިރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި ތިބީ 8178 މެމްބަރުންނެވެ. އަދާލަތު ޕާޓީގައި 6640 މެމްބަރުން ތިބިއިރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތިބީ 4004 މެމްބަރުންނެވެ. މޯލްޑިވްސް ތަރޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގައި 3171 މެމްބަރުން ތިބިއިރު މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ދަފްތަރުގައި ތިބީ 3023 މެމްބަރުންނެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގައި 2902 މެމްބަރުން ތިބިއިރު މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ތިބީ 2881 މެމްބަރުންނެވެ. 

އީސީގެ ތަަފާސް ހިސާބުތަކަށް ބަލާއިރު 10،000 މީހުން ހަމަވަނީ އެންމެ ތިން ޕާޓީއެއްގައެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީއެވެ. 

އެންމެ ގިނަ މެމްބަރުން ތިބި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށްވާއިރު އެ ޕާޓީއިން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް ކޮންޓްރޯލް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.