ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު އުޅޭ ތަން ނޭނގޭތީ އޭނާ ހާޒިރުވުމަށް އަންގައި ނަން އާންމުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވެނީ އުމުރުން 59 އަހަރުގެ ތ. ތިމަރަފުށި/އަސަރީގެ، ހަސަން ނިޒާރު އެވެ. އެގޮތުން އަންނަ މަހު ތިނެއްގައި ފުލުހަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.