ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވެސެލް ބޯޑު ސަޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި މަހު 13 ން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ހެޑްކްއޯޓާޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނައީ ކަމަށެވެ. 

ދެ ހަފުތާގެ މުއްދަތަށް ހިންގި މި ޕްރޮގްރާމަކީ ކޯސްޓްގާޑުގެ ސިފައިން މެރިޓައިމް ޑޮމެއިންގެ ތެރޭގައި ހިނގާ ކްރައިމްތައް ހޯދުމާއި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގި ކޯހެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މި ޕްރޮގްރާމަކީ އެމްއެންޑީއެފާއި ޔޫއެންއޯޑީސީ ގުޅިގެން ހިންގާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ހިންގުނު ފުރަތަމަ ތަމްރީން ކަމަށާއި އެ ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ޔޫއެންއޯޑީސީގެ ތަޖުރިބާކާރު މުދައްރިބުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވެހިކަލްފަދަ ތަކެތީގެ އިތުރުން ތަމްރީނުގެ ފުރުސަތުތައް ދިނުމުގައި ޖަޕާން ސަރުކާރުގެ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ލިބެމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ބޭނުންވާ ގިނަ އާލާތްތަކެއް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ފާހަގަ ކުރި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.