ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 200 ބިދޭސީއެއް އެނބުރި އެ މީހުންގެ ގައުމަށް ފުރުވާލައިފި އެވެ.

މޯލްޑިވިއަން އެއާލައިންސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިތުރު 200 ބިދޭސީން ފުރުވާލާފައިވާ ބަންގްލަދޭޝްގެ ޑާކާއަށް ފުރުވާލާފައިވާ ކަމަށެވެ. 

ސަރުކާރުން އަންނަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮވިޑް-19 ގެ ކުރިން ވެސް ބިދޭސީން ރާއްޖެ ގެނައުން ހުއްޓުވާލުމަށް ފަހު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީރަޖިސްޓާ ކުރުމުގެ މަސައްކަތް ކުރި އެވެ. 

އެ މަސައްކަތް ކުރިޔަށް ދަނިކޮށް ކޮވިޑް-19 ގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ޕޮސިޓިވްވެ ގިނަ ބަޔަކު ހާލުގައި ޖެހުމާއެކު ސަރުކާރުން ވަނީ ބިދޭސީން ފުރުވާލުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. މިއަދާ ހަމަޔަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ފުރުވާލައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.