އެމެރިކާ ސަރުކާރުން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފި އެވެ.

އެމެރިކާއިން ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާ ކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވަނީ ސްރީ ލަންކާގެ ކޮލޮމްބޯގަ އެވެ. މި ރަސްމިއްޔާތުގައި ވެބް ކޮންފަރަންސްގެ ޒަރިއްޔާ އިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އެ ވެންޓިލޭޓަރުތައް ހަދިޔާކޮށްފައި ވަނީ ޔުނައިޓަޑް ސްޓޭޓް އެޖަންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް (ޔޫއެސްއޭއައިޑީ) ގެ ފަރާތުން ކަމަށާއި އޭގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާ އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމެރިކާއަކީ ގާތް ރަހުމަތްތެރި ގައުމެއް ކަމަށާއި ހާއްސަކޮށް އެންމެ އުނދަގޫ ދުވަސްތަކުގައި އެކަން ސާބިތުކޮށްދީފައިވާ ކަަމަށެވެ. އަދި އެހީތަކުގެ ސަބަބުން ކުރީ ސަފުގައި މަސައްކަތް ފަރާތްތަކުގެ ކެޕޭސިޓީ އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ އިން މިހާތަނަށް ވަނީ ހަތަރު މިލިއަން ޑޮލަރުގެ އެހީވެފަ އެވެ. އޭގެ ތެރޭގައި ދެ މިލިއަން ޑޮލަރުގެ ގްރާންޓެއް ވެސް ހިމެނެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.