އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިހާބުން ބަލިވެއްޖެނަމަ ސުޕްރީމް ކޯޓާ ހަމަޔަށް މައްސަލަ ގެންދަވަން ތައްޔާރަށް ހުންނެވި ކަމަށް އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

ރިޕަބްލިކަން ޕާޓީއިން ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ޓިކެޓް ޓްރަމްޕަށް ދީފައިވާއިރު އެމަނިކުފާނާއި ވާދަކުރައްވަނީ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ބަރަކް އޮބާމާގެ ނައިބް ރައީސްކަން ކުރެއްވި ޖޯ ބައިޑެންއެވެ. 

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އިންތިހާބުން ބަލިވެއްޖެނަމަ ކަންތައްތައް ވާގޮތް ބަލަން ތިބުމަށް ނޫސްވެރިން ކައިރިން އެދިފައެވެ. އަދި ޕޯސްޓް މެދުވެރިކޮށް ކުރިޔަށް ގެންދާ ވޯޓުލުމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށާއި އެހެންކަމުން ފަހަރުގައި އިންތިހާބުގެ ނަތީޖާ ކަނޑައެޅުން ސުޕްރީމް ކޯޓާއި ހަމަޔަށް ގޮސްދާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. 

ރިޕަބްލިކަން ޕާޓީގެ ސެނެޓަރު މިޓް ރޮމްނީ ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ވެރިކަމުގެ ބާރުތައް ހަވާލުކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފިނަމަ އެމެރިކާ ދެވަނަ ބެލާރުސްއަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ޓްރަމްޕާއި ވާދަކުރައްވާ ބައިޑެން ވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. 

އެމެރިކާގެ އިންތިހާބް ކުރިޔަށްދާނީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *