ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ވިންގަރ އެންހެލް ޑިމާރިއާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފިއެވެ. 

އޭނާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި މާސޭގެ ކުޅުންތެރިޔެއްގެ ގަޔަށް ކުޅު ޖެހުމުންނެވެ. އެހެން ނަމަވެސް ފްރާންސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރަސްމީކޮށް އޭނާ ސަސްޕެންޑްކުރީ ކުޅު ޖަހައިގެން ކަމަށް ބުނެފައެއް ނުވެއެވެ. 

އެ މެޗުގައި ފަސް ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކިއިރު 12 ރީނދޫ ކާޑު ދެއްކިއެވެ. އެއީ މި ސީޒަނުގައި އޭނާ ކުޅުނު ފުރަތަމަ މެޗު ކަމަށްވާއިރު މި ސަސްޕެންޝަނާއެކު އޭނާއަށް އިތުރު މެޗުތަކެއް ގެއްލިގެންދާނެއެވެ. ޑިމާރިއާއަށް ސީޒަންގެ ކުރީކޮޅު މެޗުތައް ގެއްލުނީ އޭނާ ކޮވިޑް 19 އަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. 

ޑިމާރިއާގެ ސަސްޕެންޝަގް މި މަހުގެ 29 ވަނަ ދުވަހު ފެށޭއިރު ފްރާންސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ މެޗުގައި ޕީއެސްޖީގެ ނޭމާ އަދި މާސޭގެ އަލްވާރޯ ގޮންޒާލޭޒްގެ ފަރާތުން ފެނިގެންދިޔަ ކަންތައްތައް ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ. އެ މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ޗެކް ކުރުމަށްފަހު ނޭމާ ކުޅުންތެރިޔަކަށް ހަމަލާ ދީފައިވުމާއެކު ރެފްރީ ވަނީ ނޭމާއަށް ވެސް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ނޭމާ ވަނީ އޭނާއަށް ނަސްލީ ގޮތުން ފުރައްސާރިކުރި ކަމަށް ތުހުމަތުކޮށްފައެވެ. 

ޕީއެސްޖީއިން މުހިންމު ކުޅުންތެރިންތަކެއް ނުލައި ލީގުގައި ކުރިޔަށްދާން ޖެހޭއިރު ހޮނިހިރު ދުވަހުގެ ރޭ އެ ޓީމު ނުކުންނާނީ އެންގަރސްއާ ދެކޮޅަށެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.