މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ހަވީރީ ހިނގުމާއި ޝަހީދުއަލީ ހިނގުމާ ގުޅުނު ހިސާބުން، ތޮއްޔިބާ މިސްކިތް ކައިރީގައި ކަމަށެވެ. މިރޭ 8:45 ހާއިރު ހިނގި މި ހާދިސާގައި އަނިޔާ ލިބުނު މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ދާދި ދެންމެއަކު އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންނެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެެވެ. 

ފު

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.