ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ބުނީ ހައި ކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށް، އިވެލުއޭޓް ކޮށްފައިވާ ކަމަށެވެ. އަދި ޖޭއެސްސީއަށް ހުށަހެޅިފައިވާ ރިޕޯޓުގެ ތަރުތީބުން "ހައިލީ ރިކޮމެންޑަޑް" ކޮށްފައިވާ ސ. މަރަދޫ ޒެފެއަރ، އަލްއުސްތާޒާ ފާތިމަތު ފަރުހީޒާ އާއި "ރިކޮމެންޑަޑް" ކޮށްފައިވާ ކ. ދިއްފުށީ ސްވީޑްމީޑް، އަލްއުސްތާޒް ހަސަން ޝަފީއު ހައި ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

ފަރުހީޒާއަކީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމް މިހާރުވެސް އަދާ ކުރަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ލޯ އޮނާސް އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ވަނީ ހާސިލްކޮށްފަ އެވެ. 

މީގެ އިތުރުން ގާނޫނީ ވަކީލު ކަމުގެ 10 އަހަރު ތަޖުރިބާ ހުރި ފަރުހީޒާއަކީ ޕްރޮސެކިއުޓަރެއްގެ ގޮތުގައި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން އެ ގާނޫނީ ދާއިރާ ކިޔަވައި ދެއްވާ ވެސް ބޭފުޅެކެވެ. 

ޝަފީއުއަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ޑިގްރީ އަދި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީ އިން ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.