ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު އަންނަ މަހު ފަހެއްގައި ފަށާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހު ފަހެއްގައި ފަށާނެ ކަމަށެވެ. މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލާފައި ވަނީ މި މަހު ހަ ވަނަ ދުވަހުގަ އެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަތާ މަސް ދުވަހުގެ ކުރިން އަލުން ޖަލްސާތައް ފަށާއިރު، ދެވަނަ ދައުރު ވެސް ނިންމާލީ  ފުރަތަމަ ދައުރު ޗުއްޓީއަށް ނުގޮސް ފުރަތަމަ ދައުރާއި ދެވަނަ ދައުރު އެކީގައި މަސައްކަތް ކުރުމަށް ފަހުގަ އެވެ. އެގޮތުން މިދިޔަ ދައުރުގެ ތެރޭގައި ޖުމުލަ 76 ޖަލްސާ ބޭއްވި އެވެ. އެއީ ފެހި ގާނޫނު އަސާސީގެ ދަށުންމަޖިލީހުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ޖަލްސާ ބޭއްވި ފަހަރެވެ. 

އާ ދައުރު ފަށާއިރު ސަރުކާރުން އަންނަނީ މަޖިލީހަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *