ރެއާލް އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ޗެމްޕިއަންސް ލީގު / ޓުވިޓަރ

ޔުއެފާ ޗެމްޕިއަންް ލީގުގެ ސެމީފައިނަލް ދެވަނަ ލެގުގައި 0-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް ޗެލްސީން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ރެއާލުން ވަނީ ޗެލްސީ ހިފަހައްޓައި، އެޓީމުގެ ހާފަށް ބާރުބޮޑުކޮށް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހފިފިައެއް ނުވެއެވެ.

ޗެލްސީން މެޗުގެ ލީޑު ނެގީ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާރނާއެވެ. މި ލަނޑާއެކު ރެއާލުން އެޓީމުގެ ހަމަލާތައް ގިނަ ކުރި ނަމަވެސް، ޗެލްސީން ވަނީ މެޗުގައި ރެއާލް ހުއްޓުވުމަށް މޮޅު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ހާފް 0-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ޗެލްސީން ވަނީ މޮޅު އެޓޭކިންގް ފުޓުބޯޅައެއް ކުޅެ ރެއާލްގެ ގޯލަށް ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ޗެލްސީން ލީޑު ފުޅާކުރީ 85 ވަނަ މިނެޓުގައި މޭސަން މައުންޓް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑުތަކާއެކު ޗެލްސީ ފައިނަލަށް ދަތުރުކުރީ ދެ ލެގުން ޖުމްލަ 1-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ޗެލްސީ ރަށުން ބޭރުގައި ރެއާލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މިއީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީ އެއަށްފަހު މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖުމްލަ ތިން ފަހަރު ޖާގަ ހޯދާފައެވެ.

މުބާރާތުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް މެންޗެސްޓަރ ސިޓީ ނިކުންނައިރު، މިއީ ދެ އަހަރު ތެރޭގައި ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓުބޯޅަ މުބާރާތުގެ ފައިނަލުން އިނގިރޭސި ދެޓީމު ޖާގަ ހޯދި ދެވަނަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *