ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ދިން ކެމިކަލް ހަމަލާއަށް ފަރުވާ ހޯއްދެވުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. 

އުމުރުން 44 އަހަރުގެ ނަވަލްނީގެ ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލާ ފަރުވާދީފައިވަނީ ސައިބީރިއާގެ ސިޓީއަކުން މޮސްކޯއަށް ދަތުރުކުރަމުން ދަނިކޮށް ކުއްލިއަކަށް ބަލިވުމުގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި މިއީ އޭނާއަށް އަމާޒުކޮށް ދެވުނު ކެމިކަލް ހަމަލާއެކެވެ. އޭނާގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އޭނާއަށް އިތުރު ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ޖަރުމަނުގެ ވެރި ރަށް ބާލިންއަށެވެ. 

ނަވަލްނީއަށް ފަރުވާދިން ހޮސްޕިޓަލުން ވަނީ އޭނާ ދޫކޮށްލަން ނިންމާފައިވަނީ އޭނާގެ ހާލު ރަނގަޅުވެ ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. ނަވަލްނީ ވަނީ އޭނާއަށް ފަރުވާދިން ޑޮކްޓަރުންނަށް ޝުކުރު އަދާކޮށް އޭނާ އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލާ ހިނގާ ފޮޓޯއެއް އާއްމުކޮށްފައެވެ. ނަވަލްނީއަށް ވަނީ 24 ދުވަހު އައިސީޔޫގައި ފަރުވާ ދީފައެވެ. 

ޓެސްޓްތަކުން ހާމަވެފައިވާ ގޮތުގައި ނަވަލްނީއަށް ހަމަލާ ދީފައިވަނީ ނޮވިޗޮކް ނަރވް އޭޖެންޓް މެދުވެރިކޮށެވެ. ނަވަލްނީއަށް ތާއިދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އޭނާއަށް ކެމިކަލް ހަމާލާދިފައިވަނީ ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިންގެ އަމުރުފުޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *