ސ.ފޭދޫ ފުޓްބޯޅަ ދަނޑު ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ނިމިއްޖެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީޓީސީއިން ހާމަކޮށްފިއެވެ. މިގޮތުން، އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މަސައްކަތް ނިމިފައިވަނީ 17 ސެޕްޓެމްބަރުގައެވެ.

މިއީ 11 ސެޕްޓެމްބަރު 2019 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެމްޓީޓީސީއާ ހަވާލު ކުރި މަސައްކަތެކެވެ.

ޔޫތު މިނިސްޓްރީއިން އެމްޓީޓީސީއާ ހަވާލުކޮށްފައިވަނީ ދަނޑު އޮންނަ މިސްރާބު ބަދަލުކޮށް އަލުން ސަބްބޭސް ގާއިމްކުރުމަށެވެ. އެގޮތުން، ޗަކަތަށް ނަގައި އާ ފަސްއަޅައި އެ ސަރަހައްދު ލެވެލް ކޮށްފައިވެއެވެ. މީގެ އިތުރުންވެސް، ދަނޑުގެ ފެން ހިންދުމުގެ ނިޒާމެއް ގާއިމްކޮށް، ޕޭވްމެންޓް ގާތައް ވެސް އެމްޓީޓީސީއިން ވަނީ އަޅާފައިވެއެވެ.

ސަބްބޭސް ގާއިމް ކުރުމަކީ ޓާފް އެޅުމަށްޓަކައި ބިންގަނޑު ތައްޔާރުކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެކެވެ. ފޭދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އަމީން ކޮންސްޓްރަކްޝަން އިންނެވެ. 

ފޭދޫ ފުޓްބޯޅަ ދަނޑުގައި ސަބްބޭސް ގާއިމްކުރުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 2.65 މިލިއަން ރުފިޔާ ހަރަދުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.