އެސްޓީއޯގެ އީ ސްޓޯރުން ވިޔަފާރިކޮށްގެން އިނާމް ހޯދުމުގެ ފުރުސަަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ. 

މި ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ބްރޭންޑްގެ 65 އިންޗް ޓީވީއަކާއި ހިޓާޗީ ބްރޭންޑްގެ އައިސް އަލަމާރިއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ދާ ފަރާތަކަށް ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއްގެ އިތުރުން ފިލިޕްސް ސައުންޑް ބާއެއް ލިބޭނެއެވެ. ތިންވަނައަށް ދާ ފަރާތަކަށް ފިލިޕްސް ބްލެންޑަރަކާއި، 9000 ބީޓީޔޫގެ ހިޓާޗީ އެއަރކޯނަކާއި ފިލިޕްސް ޓޯސްޓަރަކާއި ސޭންޑްވިޗް މޭކަރެއްގެ އިތުރުން ސަންފޯޑް ބްރޭންޑްގެ ރައިސް ކުކަރެއް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. 

އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް އެސްޓީއޯއިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެސްޓީއޯގެ އީ ސްޓޯރުން 500 ރުފިޔާއަށްވުރެ އިތުރަށް ވިޔަފާރިކުރާ ފަރާތްތަކަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.