އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފ.މަގޫދޫ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 15% ނިމިއްޖެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރަސްޓްރަކްޗަރ އިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ވަނީ ނަރުދަމާގެ މަސައްކަތް ކުރުމަށް 4 އޭޕްރީލްގައި ފ.މަގޫދޫގައި މޯބަލައިޒްވެފައެވެ. މިގޮތުން ނަރުދަމާގެ ހޮޅި އެޅުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 20 ވަނަދުވަހުއެވެ. މިހާރު މި މަޝްރޫއުގެ 15% މަސައްކަތް ނިމިއްޖެއެވެ.

ފ.މަގޫދޫގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލްޓެކް މޯލްޑިވްސް އާ ހަވާލުކުރެވުނު މަސައްކަތެކެވެ. މި މަޝްރޫއަށް 31،496،840 ރުފިޔާ ހަރަދުވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.