މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއެކު މަޝްވަރާކޮށްފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވެވި މި ބައްދަލުވުމުގައި ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ރައީސް އަލްފާޟިލް މާހް ޖަބީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒިފުންގެ ކަންބޮޑުވުންތަކާއި އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ސިވިލް ސަރވިސް ތެރެއިން ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. މިގޮތުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސިވިލް ސަރވެންޓުންނަށް ވަޒީފާގެ ކުރިއެރުން ލިބޭނޭ ގޮތަށް ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފަ ނެތުމާއި މުސާރައިގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންވަނީ، އެކަންތައްތައް ހައްލު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށް، މިހާރުވެސް ސިއްހީ ދާއިރާގެ ހާއްސަ އޮނިގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ހަލުވިކޮށް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ. އަދި އޮނިގަނޑުތައް ވަރަށް އަވަހަށް ތަންފީޒުކުރުމަށް މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ.

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އަކީ ރާއްޖޭގައި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަންއެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *