އޮޑިޓް ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

އޮޑިޓް ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި މިނިވަންކަން ފުޅާކޮށްދޭ އިސްލާހެކެވެ. އަދި އޮޑިޓަރ ޖެނެރަލްގެ ވާޖިބުތައް އަދާކުރުމުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑަށްވެސް އިސްލާހު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އިތުރު ވަޒީފާތައް އަދާނުކުރުމަށާއި، މަސްލަހަތައް ފުށޫއަރާ މައްސަލަތަކުން ދުރުވުމަށްވެސް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ ގަނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އެ ކޮމިޝަނުގެ މެންބަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ. އަދި ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، އޯޑިއޯ ރެކޯޑިންގެ ބެލެހެއްޓުމަށް ބިލުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި 2 ބިލް ތަސްދީގުކުރެވުމާއެވެ، މި ބިލްތަކަށް އަމަލުކުރަން ފެށޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *