އަރަބި ލީގުގެ ޗެއަރމަންޝިޕްގެ ރޯލް ފަލަސްތީނުން ދޫކޮށްލައިފިއެވެ. 

އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ މީޑިއާތަކަށް މިކަން ކަށަވަރުކޮށްދީފައެވެ. އެގައުމުން މި ރޯލް ދޫކޮށްލީ އިސްރާއިލާއެކު ބަހްރައިން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރަސްމީކޮށް ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުށްވެރިކުރުމުގެ ގޮތުންނެވެ. އެގައުމުން ވަނީ މިއީ އެއްވެސް ގަދަރެއް އަދި ޝަރަފުވެރި ކަމެއް ނެތް އެއްބަސްވުންތަކެއްގެ ގޮތުގައި ފަލަސްތީނުން ވަނީ ސިފަކޮށްފައެވެ. 

މިއީ ފަލަސްތީނުން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށާއި އިސްރާއީލުން ހިފާފައިވާ އެގައުމުގެ ބިންތައް މިނިވަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަރަބި ގައުމަކުން ބޭވަފާތެރިވުން ކަމަށް ފަލަސްތީނުގެ ރައްޔިތުން ދެކެއެވެ. މި މަހުގެ ކުރީކޮޅު މި އެއްބަސްވުންތައް އަރަބި ލީގުން ކުށްވެރިކުރުމަށް ފަލަސްތީނުން ކުރި މަސައްކަތްތަކަށް އެލީގުގެ މެމްބަރުން އިޖާބަ ދީފައެއް ނުވެއެވެ. 

ކުރިޔަށް އޮތް ހަމަހު އަރަބި ލީގުގެ ބައްދަލުވުންތައް ޗެއަރކުރުމަށް ހަމަޖެހިފައި އޮތީ ފަލަސްތީނެވެ. ފަލަސްތީނުގެ ބޮޑުވަޒީރު އެ ރޯލް ދޫކޮށްލިކަން ހާމަކުރައްވަމުން ދެއްވި ބަޔާނުގައި ބަހްރައިން އަދި ޔޫއޭއީގެ ނަން ބޭނުންކޮށްފައެއް ނުވެއެވެ. 

މެދު އިރުމަތީގައި ހަމަޖެހުން ގާއިމްކުރުމަށް ކަމަށް ބުނެ ބަހްރައިނާއި ޔޫއޭއީއިން އިސްރާއީލާއެކު ގުޅުން ގާއިމްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މެދުވެރިޔެއްގެ ރޯލް އަދާކޮށްފައިވަނީ އެމެރިކާއިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.