ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހަވީރު 6:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފައިވުމާއެކު، މަގުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް ދަނެގަނެ، ފިޔަވަޅު ތަންފީޒްކުރުމަށް ފުލުހުން ހަރަކާތްތެރިވުން -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ކޮވިޑް ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށް އަމަލުކުރަން ފަށައިފި އެވެ.

ފިޔަވަޅުތައް ހަރުކަށިކޮށް، އަމަލުކުރަން ފަށައިފައިވަނީ ކޮންމެ ދުވަހަކުވެސް ރިކޯޑް އަދަދަކަށް ބައްޔަށް ޕޮޒިޓިވްވަމުން ދިއުމާއި ގުޅިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅުމަށް ނިންމައި، އިއްޔެ އިއުލާންކުރި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާފައިވަނީ މެއި މަހުން ފަސް ވަނަ ދުވަސް ފެށުމާއެކު އެވެ. އެ ފިޔަވަޅުތައް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދެމި އޮންނާނެ އެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް އެޅުމަށް ނިންމި ފިޔަވަޅުތައް:

  1. ސްކޫލްތަކުގައި ހަމައެކަނި އޮންލައުންކޮށް ކިޔަވައިދިނުން
  2. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ޚިދުމަތްތައް އޮންލައުންކޮށް ދިނުން
  3. ޕާކުތަކާއި ކުޅިވަރު ކުޅޭތަންތަން ބަންދުކުރުން
  4. ކުޅިވަރު ކުޅުމާއި ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ ބާއްވާ މުބާރާތްތައް ހުއްޓާލުން
  5. މިސްކިތްތަކުގައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން
  6. ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަކަށް ވެހިކަލް ދުއްވުން މަނާކުރުން
  7. ވެކްސިން ޖެހުމުން ދަތުރުފަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން

ގަޑިން 12 ޖެހުމާއެކު ފުލުހުން ވަނީ ފިޔަވަޅުތައް ތަންފީޒްކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފަ އެވެ. އެގޮޮތުން ކަރފިއު ވަގުތުގައި އެންމެ ފަހުން މާލޭގައި ހިންގި ކާފިއުގައި ބޭނުން ކުރުމަށް ދޫކޮށްފައިވާ ދާއިމީ ފާސްތައް ވަކި ގޮތެއް އަންގަންދެން ބޭނުން ކުރަމުން ގެންދެވޭނެ ކަމަށް އެ ފުލުހުން ވަނީ ބުނެފައެވެ.

އޭގެއިތުރަށް ހުއްދައަށް އެދޭ ޕޯޓަލް މެދުވެރިކޮށް ހުއްދަވެސް ނެގޭނެ އެވެ. އަދި 1665 އަށް ގުޅިގެންވެސް ހުއްދަ ހޯދޭނެކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަީ ކޮވިޑުން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލެނބުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. ފަރުދީ ހައިސިއްޔަތުން ކުރެއްވެން ހުރި އެންމެހައި ކަންކަން ކުރަމުން ގެންދިޔުމަށް ފުލުހުން ވަނީ އެދިފަވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.