އެޗްއީއޯސީގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑާއި ގުޅިގެން ސަރުކާރުން ނިންމާ ނިންމުންތަކުގައި އަބަދުވެސް ބަލަމުން އަންނަނީ ސިއްހީ މާހިރުންގެ ލަފަޔަށް ކަމަށް ވިދާޅުވެ، ސިއްހީ މާހިރުންގެ ލަފަޔަށް ސަރުކާރުން އަމަލުނުކުރާކަމަށްދެކެވޭ ވާހަކަތަކަށް ތަރުޖަމާން މަބްރޫކް އަޒީޒު ރައްދުދެއްވައިފި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ނޫސްވެރިޔަކު ވަނީ ސިއްހީ މަރިހުންގެ ލަފަޔަށް ސަރުކާރުން އަމަލުކުރުމުގައި އެކި ބަހަނާތައް ދައްކާ، ފަސްކުރާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސުވާލުކޮށްފަ އެވެ. އެގޮތުން އެއް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވި ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮވިޑްގެ ހާލަތު މިވަރުގައި އޮތް ސަބަބަކީސް މާހިރުންގެ ލަފަޔަށް އަމަލުކުރުންކަމަށެވެ. އަދި ސިއްހީ މާހިރުންގެ ލަފަޔާ އިިރުޝާދު ސަރުކާރުން އަހާ، އޮޅުންފިލުވާ، އެކަންކަމަށް އަމަލުކުރާކަމަށް ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވި އެވެ. ނަމަވެސް ސީދާ ސިއްހީ މާހިރުން ލަފާ ސަރުކާރުން ފުރިހަމައަށް އަމަލުކުރާކަމަށް ޑރ. މުހައްމަދު އަލީ ވިދާޅެއްނުވެ އެވެ.

މި ހިސާބަށް އާދެވުނީ ޓެގް ޓީމްގެ ލަފަޔަށް ސަރުކާރުން އަމަލުކުރުމުން ކަމަށް ބުނެވިދާނެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެ ސުވާލަށް ޖަވާބުދެއްވަމުން ތަރުޖަމާން މަބްރޫކް ވިދަޅުވީ ސަރުކާރުން ނިންމުންތައް ނިންމުމުގައި އަދިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޓެގް ޓީމަށް ކަމަށެވެ. މާދަމާވެސް އިތުރަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި މަޝްވަރާ ބައްދަލްވުންތަކުގައި އެކި މިނިސްޓްރީތަކުން އެކި ހުށައެޅުންތަކާއި ކަންތައް ކުރަންވީ ގޮތް ހުށައަޅުއްވަމުންދަނީ އެ މިނިސްޓްރީގެ ނަޒަރުންނެވެ. އެކަންކަމަށް ވިސްނައި، އެ މިނިސްޓްރީތަކުން އެހެން ވިދޅުވަން ޖެހޭ ސަބަބާއިމެދު ވިސްނުމަށްފަހު ނިންމުން ނިންމުމުގައި ސިއްހީ މާހިރުންގެ ލަފަޔަށް ހާއްސަ އަހައްމިއްޔަތު ކަމެއްދެއްވާކަމަށް އޭނާ ވިދާޅުވި އެވެ.

ނިންމުން ނިންމުމުގައި ބަލާފައިވާނީ ސިއްހީ މާހިރުންގެ ލަފަޔަށް. އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ. އެ ހެޔޮ ލޮކްޑައުނަކަށް ދާން ޖެހުނު ކަމުގައި ވިޔަސް.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 600 އަށް ވުރެ ގިނަ ޟިހުން ކޮވިޑަށް ފައްސިވެފައިވާއިރު މާލެ ސަރަަހައްދުން ވަނީ 440 ޟިހުން ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ ނުރައްކާތެރި ހާލަތަކަށް ދަމުން އަންނާތީ ފުރަބަންދަކަށް ދިޔުމާއި މެދު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުހައްމަދު އަލީ ވަނީ ފުރަތަމަ ފުރަބަންދަކަށް ދިޔުމަށް މެދުވެރިވީ ބަލީގެ ގޮތް ރަނގަޅަށް އެންގިފައި ނެތީމަކަމަށެވެ. އެހެން ނަމަވެސް އަދި ރާއްޖެއަށް ވަގުތު އޮތް ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް އަދި ވަގުތު އެބައޮތް. އަޅާ ފިޔަވަޅުތަކަށް ބޯލެންބުން ވަރަށް ބޮޑަށް އެދެވިގެންވޭ. ލޮކްޑައުނަކަށް ދިއުމުގެ ކުރިން އެހެން ފިޔަވަޅުތައް އެޅިދާނެ. އަދިވެސް ކޮވިޑް ކޮންޓްރޯލް ކުރެވިދާނެ. ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވުމާއި ގުޅިގެން ސަރުކާރުން ވަނީ އެތަކެއް ފިޔަވާލުތަކެއް އަޅާފއެވެ. އެގޮތުން މިމހަުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވާހާއި ހަމަޔަށް ކޮންމެ ރެޔެއްގެ 12 އިން ފެށިގެން ފަތިހު 4 ޖެހުމާ ހަމަޔަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަންދުފަހަރު ދުެއވުން ވަނީ މަނާ ކޮށްފައެވެ. މީގެއިތުރުން ޕާކުތައް ބަންދުކުރުމާއި، ސްކޫލްތަކުގެ ކިޔެވުން އޮންލައިނކޮށް ސަރުކާރު ހުރިހާ އޮފީހެއްވެސް ވަނީ ބަންދުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.