ކޮވިޑަށް މީހަކު ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ -- ފޮޓޯ: ސަން

ކޮވިޑަށް ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ، މިރޭ ކޮވިޑް ފައްސިވި މީހުންގެ އަދަދު 601 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބްތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،552 ސާމްޕަލް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ނަގާފައެވެ. އޭގެ ތެރެެއިން ގްރޭޓާ މާލޭ ސަރަހައްދުން 440 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

މިއީ މާލެ ސަރަހައްދުން މިހާ ގިނަ ބަޔަކު ޕޮޒިޓިވްވި ދެވަނަ ދުވަހެވެ.

އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވް ވެފައިވަނީ 141 މީހުންނެވެ. އަދި ރިޒޯޓުތަކުން 19 މީހަކު ޕޮޒިޓީވްވެފައިވެއެވެ. މީގެއިތުރުން، އިންޑަސްޓްރިއަލް ރަށްތަކުން 1 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭގެ މައުލޫމާތުތައް ދައްކަ އެވެ.

އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ބަލިޖެހި މިވަގުތު ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 6،508 އެވެ. އަދި ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި 181 ފަރާތަށް ފަރުވާދެމުން އަންނައިރު، މިހާތަނަށް މި ބަލީގައި ދުނިޔެ ދޫކޮށްފައިވަނީ 74 މީހެކެވެ.

މީގެއިތުރުން މިހާތަނަށް މި ބަލި ޖުމްލަ 31،931 މީހުންނަށް ޖެހިފައިވާއިރު، 25،340 މީހުން ވަނީ މި ބަލިން ފަސޭހަވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.