ޗައިނާގެ ރައީސް ޒީ ޖިންޕިންއަށް ފާޑުކީ މީހަކު 18 އަހަރަށް ޖަލަށް ލުމަށް ބެއިޖިންގެ ކޯޓަކުން ހުކުމްކޮށްފިއެވެ. 

ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މީގެކުރިން ރިއަލް ސްޓޭޓް ވިޔާފާރިކުރި ރެން ޒިގިއަންގްއެވެ. އޭނާ 18 އަހަރަށް ޖަލަށްލުމުގެ އިތުރަށް ވަނީ 4.2 މިލިއަން ޔުއާންއިން ޖޫރިމަނާކޮށްފައެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ކޮރަޕްޝަނާއި، ރިޝްވަތު ނެގުމާއި އަދި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށެވެ. 

ޗައިނާގެ ރައީސްއަށް ފާޑުކިޔުމަށް ރެން ލިޔުނު ލިޔުމަކާއެކު އޭނާ މާޗް މަހުގެ ތެރޭގައި ގެއްލުނެވެ. ބެއިޖިންގެ އިންޓަމީޑިއޭޓް ޕީޕަލްސް ކޯޓުން ވަނީ އޭނާ 1.25 މިލިއަން ޔުއާން ރިޝްވަތުގެ ގޮތުގައި ނެގި ކަމަށާއި އަދި 50 މިލިއަން ޔުއާންއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެފައެވެ. އޭނާ މި ހުރިހާ ކުށަކަށް އަމިއްލައަށް އިއުތިރާފްވެފައިވާއިރު މި ހުކުމްތައް އޭނާ އިސްތިއުނާފްކުރާނެ ކަމަށް ނުބެލެވެއެވެ. 

އޭނާގެ މި ލިޔުމަކީ ކޮވިޑް 19 އާ ގުޅިގެން ޗައިނާ ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކަށް ފާޑުކިޔައި ލިޔުނު ލިޔުމެކެވެ. މި ލިޔުން ލިޔުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ރެން ވަނީ ކޮމިއުނިސްޓް ޕާޓީއިން ވަކިކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *