ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި 109 މިލިއަން ރުފިޔާގެ ފައިދާއެއްވެއްޖެ އެވެ.

ކުންފުނީގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާގެ ތަފްސީލްތައް އާންމުކޮށްފައިވާއިރު، ހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓާގައި ލިބިފައިވާ 109 މިލިޔަން ރުފިޔާގެ ފައިދާއަކީ 2020 ގެ ފަހު ކުއާޓާގެ ފައިދާއަށްވުރެ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ލިބިފައިވާ 91 މިލިޔަން ރުފިޔާ އެވެ.

އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި ލިބިފައިވާ ފާއިދާއާއި ގުޅިގެން ހީއްސާދާރުންގެ ހިއްސާއަކަށް ޖެހޭ މިންވަރުވެސް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާއަށްވުރެ އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ހިއްސާއަކަށް 80 ރުފިޔާ ޖެހިފައިވާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހިއްސާއަކަށް 96 ރުފިޔާ ޖެހިފައިވެއެވެ.

އެސްޓީއޯއިން ނެރެފައިވާ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައި އެސްޓީއޯއިން އިޖްތިމާއި ޒިންމާ އަދާކުރުމުގެ ގޮތުން އެހީ ފޯރުކޮށްދީފައިވާ ތަފާތު އެކި ކެމްޕެއިންތަކާއި އެކި އިދާރާތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ވެކްސިނޭޝަން ކެމްޕެއިން ކުރިއަރުވާ ވީހާވެސް ގިނަބަޔަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ބައިވެރިވުމަށް ކޮވިޑް-19 ދިފާއު ކެމްޕެއިނަށް އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެއިތުރުން، 2020 ވަނަ އަހަރުގެ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމަށް ރެކޯޑު ނަގާނެ ފަހު ތާރީހަކަށް މި މަހުގެ 16 ވަނަ ދުވަސް ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ. މިޖަލްސާގައި 2020 ވަނަ އަހަރުގެ ޑިވިޑެންޑް ބެހުން ކުރިއަށްގެންދާނެ އެވެ.

މީގެއިތުރުން، ގއ. ދެއްވަދޫ އާއި ހއ. ބާރަށް ކައުންސިލަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައިވާކަމަށް ދައްކަ އެވެ. އަދި މިނިސްޓްރީ އޮފް ގެންޑާ އެންޑް ސޯޝަލް ސާވިސަސް އާއި ގުޅިގެން އައްޑޫ ސިޓީގައި ކާބޯތަކެތީގެ ދަތިކަން އައިސްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.