ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެއްކޮށްލައި ހުޅުމާލެ، ގުޅީފަޅު އަދި ތިލަފުށި ތަރައްގީކުރުމުގެ ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފިއެވެ. 

ޖީއެމްއައިޒެޑްއެލްއިން ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެ، ގުޅީފަޅު އަދި ތިލަފުށި ތަރައްގީކުރުމުގެ ޒިންމާތައް އެއް ކުންފުންޏެއްގެ ދަށުން ކުރުމަށް ސަރުކާރުން ނިންމާފައިވުމާއެކު އެޗްޑީސީއަށް އެކުންފުނީގެ ޒިންމާތައް ހަވާލުކޮށްފައިވާ ކަމަށެވެ. ދެ ކުންފުނި އެއްކޮށްލުމުގެ މައިގަނޑު ބޭނުމަކީ އިގްތިޞާދީ ގޮތުންނާއި މާލީ ގޮތުން ފައިދާ އިތުރުކޮށް އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށް ކަމަށް އެ އިއުލާނުގައިވެއެވެ. ހަމައެހެންމެ ހުޅުމާލެ، ގުޅީފަޅު އަދި ތިލަފުށި ތަރައްގީ ކުރެވިގެންދާނީ ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް ސަރުކާރުގެ އިރުޝާދުތަކާއެކު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. 

މި ނިންމުމާއެކު ޖީއެމްއައިޒެޑްއެލްގެ މިލްކިއްޔާތުގައި ވާ ހުރިހާ މުދަލަކާއި، މުވައްޒަފުންނާއި، ދަރަންނާއި ކޮންޓްރެކްޓްތަކާއި، ކޮންޓްރެކްޓްތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންތައްތަކެއް އެޗްޑީީސީގެ ދަށަށް ބަދަލުކުރެވިގެންދާނެއެވެ. އަދި މި ބަދަލުތައް ގެނައުމަށް އަންގަންޖެހޭ އެންމެހާ ފަރާތްތަކަށް އެކަންތައްތައް އަންގަމުންދާނެ ކަމަށް ޖީއެމްއައިޒެޑްއެލްއިން ވަނީ ބުނެފައެވެ. 

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *