ހެލްތް މިނިސްޓްރީގެ ސްޓޭޓޤ މިނިސްޓަރު އާދިލް އަދި ޕާމަނަންޓް ސެކެޓްރީ ސާމިޔާ ؛ މި ދެ ބޭފުޅުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވީ ނަމަވެސް ކޮންޓެކޤޓް ވި މީހުން ކަރަންޓީނެއް ނުކުރޭ

ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އައިޝަތު ސާމިޔާ އާއި ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ޖަޒީރާއަށް ކަށަވަރުވެފައިވާ ގޮތުގައި، ހެލްތް މިނިސްޓްރީގެ އިސްވެރިންތަކެއް ޕޮޒިޓިވްވެފައި ވީ ނަމަވެސް، އެ ދެ މީހުންނާ ކޮންޓެކްޓްވި އެއްވެސް މުވައްޒަފަކު ކަރަންޓީނު ކޮށްފައެއް ނުވެއެވެ.

ސާމިޔާ އަދި އާދިލް ޕޮޒިޓިވްވިއިރު، މި ދެ ބޭފުޅުންނަކީ ހެލްތް މިނިސްޓްރީގެ ކަންކަމާއި އެޗްއީއޯސީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ، އެތަންތަނުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުވާ ދެ ބޭފުޅުންނެވެ. ހަމައެއާއެކު މި ދެ ބޭފުޅުންނާ ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި، މިނިސްޓްރީގެ އެހެނިހެން އިސް ބޭފުޅުންނާ ވެސް ކޮންޓެކްޓްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސާމިޔާ އަދި އާދިލް ޕޮޒިޓިވް ވެ، އެ މީހުންނާ ކޮންޓެކްޓް ވި މުވައްޒަފުން ކަރަންޓީނު ނުކުރާ ތަނުގައި، މުވައްޒަފުން ވަޒީފާއަށް ނިކުތުމަށް ވެސް ވަނީ އަންގާފައެވެ. މާދަމައިން ފެށިގެން ސަރުކާރު އޮފީސްތަކުގެ މަސައްކަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެންގި ނަމަވެސް ހެލްތް މިނިސްޓްރީގެ މުވައްޒަފުންނަށް މިފަދަ އެއްވެސް އިންތިޒާމެއް ހަމަޖައްސާ ދީފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބަހެއް ހޯދުމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނާ ސުވާލު ކުރުމުން ވިދާޅުވީ، ޕޮޒިޓިވްވާ ވަކި ވަކި މީހުންނާ ބެހޭ މައުލޫމާތާއި، އެމީހުންނާ ގުޅުވައި ކުރާ ތުހުމަތުތަކަށް ރައްދު ނުދެއްވާ ކަމަށެވެ. އަދި އެކަން ދޮގު ވެސް ނުކުރާ ކަމަށާއި ކަށަވަރު ވެސް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ޢެޗްޕީއޭ އިން ވަކިކެޓަގަރީއެއްގައި ހިމެނޭބޭކަލުން ކޮވިޑަށް ޕޮޒިޓިވްވެ އަދިއެބޭކަލުންނާއި އަރިސް ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ބޭކަލުންވެސް ކަރަންޓީނެއްް ނުކުރޭ. ބަލިފެތުރުނަ ނުދޭން ބަންދުކޮށް އައިސޮލޭޓް ކުރަނީ ވަކިބައެއް. ޚާއްސަކޮށް ވަކިގިންތިއެއްގެ ބައެއްކަން މިއޮތީ ފެންނަން. ޙަޤީޤަތަކީ މިޤައުމު އޮތީ ވަރަށް ނާޒުކުފައްތަރެއްގައި ސަރުކާރުގައި ތެދުބަހެއް ބުނެލާނެ މީހަކުވެސް ނެތް.!؟ ވާރޗްއަލްކޮށް އޮންލައިންގައި ކިޔަވައިދިނުން މަސައްކަތްކުރަން ބުނާއިރު އެފެސިލީދިނުމުގައި ސަރުކާރުވަނީ ނުކުޅެދިފައި. މިއީ ރައްޔިތުން ދަވާލައިގެން ވެރިކަންކުރާ ސަރުކާރެއް.

ކޮމެންޓް

Your email address will not be published.