ވެމްކޯގެ ވެށިފާރަވެރިއެއް--- ސަން ފޮޓޯ: ފަޔާޒް މޫސާ

ކޮވިޑް-19 އާއި ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ރޭ އިއުލާނު ކުރެވުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތް ދޭގަޑިތަކައް ބަދަލުތަކެއް ގެނެސްފިއެވެ.

ހިދުމަތްތަކަށް ގެނެވުނު ބަދަލުތައް ހާމަކޮށް، ވެމްކޯ އިން ނެރުނު ބަޔާނުގައި ވަނީ ވެމްކޯގެ އޮފީސްތައް މިމަހު 5 ވަަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމަޔަށް ބަންދުވާނެކަމަށެވެ. ނަމަވެސް އޮންލައިންކޮށް ފޯރުކޮށްދެވެންހުރި ހިދުމަތްތައް އޮންލައިނކޮށް ފޯރުކޮށްދޭކަމަށް އެ ކުންފުނިން ބުންޏެވެ.

ގޭބިސީތަކުން މި މުއްދަތުގައި ކުނި ނެރޭ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރޭގަނޑު 22:00 އިން 23:00 އަށެވެ.

ވެމްކޯގެ ކޯޕަރެޓް ހެޑް އޮފީހުން ދެމުން އަންނަ ހިދުމަތުގެ ތެރެއިން ސިޓީ އަދި ރަސްމީ ލިޔެކިޔުންތައް ބަލައިގަތުމުގެ ހިދުމަތް ވަނީ އީމެއިލް މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖެހިފައެވެ. މީގެއިތުރުން އާންމު މައުލޫމާތު ހޯއްދެވުމަށް މެއިލްއަށް މެއިލްކޮށްގެން ހޯއްދެވޭނެގޮތް ވަނީ ހަމަޖެހިފައެވެ.

ވެމްކޯގެ ބުނިގޮތުގައި ކަސްޓަމަރ ފްރަންޓް އޮފީހުން ދެވެމުން އައި ހިދުމަތްތަކުގެ ތެރެއިން ހިދުމަތްތަކަށް ރަޖިސްޓްރީ ކުރެއްވުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބޭނުންފުޅުވާ ހިދުމަތަކަށް ރަޖިސްޓުރީކުރެއްވޭނެއެވެ. މީގެއިތުރުން ވެމްކޯގެ ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް އޮންލައިންކޮށް ލިބިގެން ދާނޭކަމަށް ވެމްކޯއިން މައުލޫމާތުދެ އެވެ.

ވެމްކޯ އިން ބުނިގޮތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ޓްރާންސްފަރ ސްޓޭޝަނުންދޭ ހިދުމަތް ރޭގަންޑު 23:00 ހަމަޔަށް ފޯރުކޮށްދޭނެ އެވެ.

ވެމްކޯގެ ކޯލް ސެންޓަރުގެ ރަސްމީ ގަޑި 09:00 ފެށިގެން 15:00 ހަމަޔަށް ކަންޑައެޅިފައިވާއިރު، ކޯލްސެންޓަރު ބަންދުކުރެވިފައިވާ ގަޑީގައި މައުލޫމާތު ސާފުކުރެއްވުމަށް 7871666 ނަންބަރުން ވައިބާ މެދުވެރިކޮށް މައުޅޫމާތު ފޯރުކޮށްދެނެކަމަށްކަމަށް އެ ކުންފުނިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.