މާސްކްް އަޅައިގެން ބަޔަކު ހުޅުމާލެ މަގުމަތިން ދުއްވާފައި ދަނީ -- ފޮޓޯ: އަސަދު

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 15 ވަނަ ފަހަރަށް ދަންމާލައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން 15 ފަހަރެއްގެ މަތިން އެ މުއްދަތު އިތުރު ކޮށްފައި ވެއެވެ.

އެންމެ ފަހުން އޭޕްރީލް މަހުގެ ތެރޭގައި އިތުރުކުރީ މިއަދުގެ ނިޔަލަށެވެ. އެ މުއްދަތު މިއަދު ހަމަވުމާއި ގުޅިގެން މިއަދުގެ ގަރާރުން ވަނީ ޖޫން މަހުގެ 3 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރުގައި ވިދާޅުވީ، އަދިވެސް ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތް ކަމަށާއި، އަދި އެންމެ ފުރަތަމަ އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށެވެ. އަދި އެ ނުރައްކާ ކުޑަކުރުމަށް ޙާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށެވެ. އެގޮތަށް ލަފާ ދެއްވާފައިވާތީ މި ގަރާރުގެ ދަށުން ވަނީ އެފަދަ ފިޔަވަޅުތައް އެޅުމަށް ނަސީމް ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދައްމާލާފައި މިވަނީ ކޮވިޑް ކޭސްތައް ރިކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން ދާ ދަނޑިވަޅެއްގައެވެ. މިވަގުތު ވެސް ރާއްޖޭގެ އެތައް ރަށެއްގެ މޮނިޓަރިންގ ގެ ހާލަތުގައި އޮތްއިރު މާލެ ސަރަހައްދުގެ ހާލަތު ވެސް ވަރަށް ގޯސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެކަމާ ގުޅިގެން ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.